2 months ago
ސްޓެލްކޯ އިން ގާއިމުކުރާ އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވިދާޅުވީ އެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށެވެ. އަދި އޮން ސައިޓުގައި ޢަމަލީ ގޮތުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެމްޑީ ފަހުމީ ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކަރބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
މީގެއިތުރުން އެމްޑީ ވަނީ މި މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. އަދި މި ސްޓޭޝަންގެ މަސައްކަތް ވަރަށް އަވަހަށް ނިމި، ރައްޔިތުންނަށް ހިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން އެކުންފުނިން ކުރަމުންއަންނަ މަސައްކަތެއް ކަމަށާއި ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެފައިވާކަން އެމްޑީ މީގެކުރީން ވަނީ ފާހަގަކުރައްވާފައެވެ.
އެހެންވެ، މި މަަސައްކަތަކީ އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ފާގަކުރައްވާފައި ވެއެވެ.
އެމްޑީ ވިދާޅުވީ އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމާފައިވަނީ އެކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި ކަަމަށެވެ.
މި ކަމުގައި ސިޓީކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، ވަރަށް އަވަސް މުސްތަގުބަލެއްގައި މި ސްޓޭޝަންގެ ހިދުމަތް ލިބޭނެކަމޔގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު އެ ސްޓޭޝަނުގައި ހަތަރުފުރޮޅުލީ އުޅަނދާއި ދެ ފޮރުޅުލީ އުޅަނދުތައް ވެސް ޗާޖްކުރެވޭނެ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.