މި އަހަރު 300 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު

2 weeks ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ މިހާތަނަށް 300 އަށް ވުރެ ގިނަ ސްކޮލަރޝިޕް ގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.


އެ މިނިސްޓްރީން ޖުމްލަ 53 ސްކޮލަރޝިޕް ސްކީމެއް އިޢުލާންކޮއްފައިވާއިރު، ޖުމްލަ 345 ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ.


މިނިސްޓްރީ އިން އިއުލާންކޮއްފައިވާ މި ސްކޮލަރޝިޕް ފުރުޞަތުތަކުގެ ދަށުން މި އަހަރު، ޖުމްލަ 681 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަމުންނެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު އިއުލާނުކުރި ސްކޮލަރޝިޕް ސްކީމްތަކުގެ ތެރޭގައި، މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގެ ފާސްވާ ދަރިވަރުންނަށް ރައިސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް، ހައި އެޗީވާސް ސްކޮލަރޝިޕް އަދި އެކައުންޓިން ސްކޮލަރޝިޕް ހިމެނެއެވެ. 


މީގެއިތުރުން، ޗައިނާ، ތުރުކީ، އިގިރޭސިވިލާތް އަދި ޖަޕާން ފަދަ ބޭރުގެ ގައުމުތަކުގެ ޚަރަދުގައި، ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމާއި ތަމްރީނުވުމަށް ސްކޮލަރޝިޕްގެ އެތަށް ފުރުސަތުތަކެއް ވެސް ވަނީ ހުޅުވާލެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު