އޮޔާދަނިކޮށް ފެނުނު މީހާ މަރުވެއްޖެ

4 months ago

އަފްރާހް

ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދިޔަމިހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި އެއީ އަންހެނެއް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް އަދިހާމައެއް ނުކުރައްވައެވެ.


ސިނަމާލެ ބްރިޖާއި ދިމާ ކަނޑުމަތިން މީހަކު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މޭ 25 ވަނަ ދުވަހުގެ މެންދުރު 12:35 ގައެވެ.


ކިޔުންތެރިންގެ ހިޔާލު