އިނގިރޭސިވިލާތާއި އެކު، ޓިވެޓް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކޮށްފި

2 weeks ago

އަފްރާހް

އިނގިރޭސިވިލާތާއި ދިވެހިރާއްޖެ އާއި ގުޅިގެން ޓިވެޓް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކޮށްފިއެވެ.


އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އާއެކު ޓިވެޓް ޕްރޮގްރާމްތަށް ކުރިއަރުވައި، ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މިއަދު މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.


މި ބައްދަލުވުމުގައި ޓިވެޓް ޕްރޮގްރާމްތަށް ކުރިއަރުވައި، ހިންގުމަށް އަމާޒުކޮށް ދިރާސާކުރުމާއި، މި ޕްރޮގްރާމްތަށް މެދުވެރިކޮށް ޒުވާނުންގެ ހުނަރުވެރިން އިތުރުކުރުމަށް ދެ ޤައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.


މި ބައްދަލުވުމުގައި، އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުގެ ފަރާތުން، ހައި ކޮމިޝަނަރ، މރ. މުޙައްމަދު ތައުފީގް ބައިވެރިވެވަޑައިގެނެނެވިއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި އެ މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު