ސްޕެޝަލް ކޮންސްޓަބްލަރީ ޕޮލިހުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް

2 weeks ago

އަފްރާހް

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ސްޕެޝަލް ކޮންސްޓަބްލަރީ ޕޮލިހުންނަށް ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމެއްގެ ތެރެއިން ހިންގި ޕްރޮގްރާމެކެވެ.


މިއަދު އެ އެކެޑަމީގައި ކުރިއަށް ގެންދިޔަ ފަޔަރ ސޭފްޓީ ސެޝަންގައި 27 ސްޕެޝަލް ކޮންސްޓަބްލަރީ ޕޮލިހުން ބައިވެރިއެވެ.


ފަޔަރ ސޭފްޓީ ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. އަދި މި ކުލާހުގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.


މި ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު