ބަނޑިދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ކަރަންޓު ވޯކްޝޮޕެއް ބާއްވައިފި

2 weeks ago

އަފްރާހް

ދ. ބަނޑިދޫގެ އަންހެނުންނަށް ހާއްސަކޮށްގެން ކަރަންޓާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.


މިއީ މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) އަދި އެރަށު ކައުންސިލުން ގުޅިގެން ބޭއްވި ވޯކްޝޮޕެކެވެ.


މި އޮކްޓޯބަރ މަހުގެ 5 ން 7 އަށް ބޭއްވި މި ވޯކްޝޮޕަކީ، ކަރަންޓައި ބެހޭ އަސާސީ މައުލޫމާތާއި ޢަމަލީ ގޮތުން ވެސް ތަމްރީނު ވުމަށް ހުޅުވައިލެވުނު ފުރުސަތެކެވެ.


އެގޮތުން، މަސައްކަތުގެ މައިދާނުގައި އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ކަރަންޓުގެ ބޭނުންކުރަމުންދާއިރު، ސަމާލުކަން ދިނުން މުހިންމު ކަންކަމާއި ކަރަންޓާއި ގުޅޭ އެކި އެކި މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮއްފައެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްތްރީގެ ދަށުން މަސައްކަތްކުރާ މީރީ ޕްރޮޖެކްޓުން އަންނަނީ ޒުވާނުންނާއި އަންހެނުންނަށް ހާއްސަ އެތައް ތަމްރީނު ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަށް ހިންގަމުންނެވެ.


މިފަދަ ހަރަކާތްތަކުގައި އަންހެނުންނާއި އަންހެންކުދިން ބައިވެރިވާ އަދަދު އިތުރުކުރުމައްޓަކައި މީރީ އިން ދަނީ ޕްރޮޖެކްޓް ފޮރ ޖެންޑަރ އެކްޝަން ޕްލޭންގެ ދަށުން އެކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ތަފާތު ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު