އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

6 months ago

އަފްރާހް

އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން 'އެކްސް' ގައި ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ތ. މަޑިފުށި، ނައިޓްރޯސް ޒޯޔާ ފިކުރީ ކަމަށެވެ. އަދި އޭނާ މިހާރު ދިރިއުޅެނީ ވ. ނާލިސް ގައި ކަމަށާއި އެއީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށް ވެސް ވިދާޅުވިއެވެ.


އެ އިދާރާ އިން އިތުރަށް ވިދާޅުވީ ޒޯޔާ ފިކުރީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ މި މޭ މަހުގެ 21 ވަނަ ދުވަހު، އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.


އެހެންކަމުން ޒޯޔާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަން 9790083 އަށް ގުޅުމަށް ފުލުހުން އެދިލައްވައެވެ.


ކިޔުންތެރިންގެ ހިޔާލު