ހައްޖާއި އުމްރާއާ ބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ

2 weeks ago

އަފްރާހް

ހައްޖާއި އުމްރާއާ ބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައި ވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ.


އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ހިދުމަތް ދޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސެއް ކަމަށެވެ. އަދި މި ކޮންފަރެންސްގެ މަގުސަދަކީ ހައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުން ކަމުގައި ވެސް ވިދާޅުވިއެވެ.


ހައްޖާއި އުމުރާއާ ގުލޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ތަފާތު މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު