ވައުދު ނުފުއްދާ، ގާނޫނަށް ތަބާނުވާ ވެރިން މަގާމުން ދުރުކުރަންޖެހޭ: އުމަރު

2 weeks ago

އަފްރާހް

ވައުދު ނުފުއްދާ، ގާނޫނުތަކަށް ތަބާ ނުވާ ވެރިން އެ މަގާމުތަކުން ދުރުކުރުމަށް ބާރުކޮށްލަން ޖެހޭ ކަމަށް ކުރީގެ ހޯމް މިިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ވެރިކަން ކުރަނީ އޭރަކު އޮންނަ އެ ސަރުކާރަކަށް ރައްޔިތުންގެ މަޖިޖލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިގެން ކަމަށެވެ. އެގޮތުގެމަތިން މެމްބަރުން ތިބެނީ ސަރުކާރުން ވަރަށް ބޮޑަށް ބަނދެލާފައި ކަމަށް އުމަރު ވިދާޅުވިއެވެ.


"މިހާރު މިއޮތް ރައީސް މުއިއްޒުގެ ސަރުކާރުން އޮންނަނީ މި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ބަނދެލާފަ. އިދިކޮޅު މެމްބަރުން ތިބެނީ އިދިކޮޅު ޕާޓީތަކުން ބަނދެލާފަ. މިއީ ރިޔާސީ ނިޒާމުގައި އެކަން އޮންނަގޮތެއް ނޫން." އުމަރު ވިދާޅުވިއެވެ.


މީގެއިތުރުން ދޮގުހަދާ އަދި ގާނޫނުތަކަށް ޢަމަލުނުކުރާ ވެރިން މަގާމުން ދުރުކުރުމަށް ބާރުކޮށްލަން ޖެހެނީ އެންމެ އިސްކުރެއް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލިސް މެމްބަރު ފްރީކޮށްލުންކަން އުމަރު ފާހަގަކުރެއްވިއެވެ. އަދި މަލިލިސް މެންބަރުން ބަނދެލާފައި ތިބުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

ރަޝީދާ ފޭދޫ

ވައުދު ފުއްދަން ވެސް އަދި ނުފުއްދަންވެސް ވެރިކަމައްއާދެވޭނެ ބައެއްނޫން ތިޔައީ

2 weeks ago

އަސްލޭ

ކަލޯގެ ފެންވަރު ކަލޯ އަށް އޮޅިގެން ތިއުޅެނީ ކަލޯ އިސްލާމީ ސަރިއަތް ގާއިމު ކުރާނަމޭ ތިބުނަނީ ވެރިކަން ހޯދަން ތޯ ކަލޯ އަށް މިރާއްޖޭ ވެރިކަމެއް ނުލިބޭނެ ރަތްޔިތުން ނަށް ވަރައް ސާފު ކޮށް އެނގޭ ކަލޯގެ ފެންވަރު ތީ ކާކުކަން

2 weeks ago