ޔޫޓީއެފް އެގްރީމެންޓް މިހާރުވެސް އެއޮތީ އިންޑިއާ ބޭނުންވާ ގޮތަށް: ޔާމީން

2 weeks ago

އަފްރާހް

ޔޫޓީއެފް އެގްރީމެންޓް އަނެއްކާ ވެސް އެ އޮތީ އިންޑިއާ ބޭނުންވި ގޮތަށް އިތުރުކޮށްދީފައި ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.


ޕީއެންއެފް އިން ބޭއްވި ފްރަންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އުތުރު ތިލަފަޅަކީ ނިމިދިޔަ ސަރުކާރުން އިންޑިއާއަަށް ގާނޫނާ ހިލާފަށް ދީފައިވާތަނެއް ކަމަށް ކުރިން ވަކާލާތު ކުރުމަށްފަހު، މިހާރު ވެރިކަމަށް ދިހަ މަސް ވެގެން ދިޔައިރު ވެސް އެ އެގްރިމަންޓަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި މިހާރު އެ އޮތީ އަނެއްކާ ވެސް އިންޑިއާ ބޭނުންވި ގޮތަށް އިތުރުކޮށްދީފައި ކަމަށެވެ.


އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ އޮތުމުން ނިިދިޔަ ސަރުކާރުގައި 19 މަޖިލީހުގެ ތެރެއިން ޔޫޓީއެފް އެއްބަސްވުން ނުހޯދުނު ކަމަށެވެ.


އެހެންނަމަވެސް އޭރު އެކަމާ ގުޅިގެން އެއްމެ ބާރަށް ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކީ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ މަގާމަށް ވަޑައިގެން އެ މައްސަލަ ނުބައްލަވަނީ ކީއްވެ ކަމާ މެދު ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.


"މި ދައްކަނީ ޔޫޓީއެފްގެ ވާހަކަ. ޔޫޓީއެފް އެގްރީމެންޓް އަނެއްކާ ވެސް އެ އޮތީ އިންޑިއާ ބޭނުންވި ގޮތަށް އިތުރުކޮށްދީފަ. އައްޑޫ ސިޓީގެ ހިތަދޫގެ މެދުދާއިރާކަންނޭންގެ އަޒާން. އަޒާން އޭރުދިޔަ ލޯންޗެއްގަ ޔޫޓީއެފް ބަލަން. އަޅުގަނޑު ހިތަށް އަރާ އަޒާން އަށް މިހާރު ކެރޭނެބާއޭ ޔޫޓީއެފް ބަލަން ދާން." ޔާމީން ވިދާޅުވިއެވެ.


ޔާމީން އިތުރަށް ވިދާޅުވީ މިކަންކަން މިހެން އޮތުމުން އެނގިސާފުވާ ކަމަކީ އޭރު އެކަން އެމީހުން ކުރީ ކުރާހިތުން ނޫން ކަމަށާއި އެހެން ނޫންނަމަ މިހާރު މިވާގޮތަށް ކަންތައް ނުވީސްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ދާރާސިންގ

ކަލޭ ޔޫޓީއެފް އޮތީ ގޭގަ ގޭމީހުނައްދައްކާނެ މޫނެއް ނެތިގެން ވެރިކަމަށް ހިފާމީހެއްކަލެއަކީ ކަލޭ މިހާރު ގެއަަށް ވަނީމަ މެޑަމް ބުނަނީނވެރިކަން ހިފަިގެން ނޫނީ ނައުމަށް އަދި ގެއިން އިތުރު ޚިދުމަތެއްވެސް ކަލެއަށް ނެތްކަމަށްވެރިކަމާނުލާ

2 weeks ago