ބޮލީވުޑްގެ މަޝްހޫރުތަރިންނާއެކު ރައީސް ޑރ. މުއިއްޒު

2 weeks ago

އަފްރާހް

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބޭއްވި މުމްބާއީގައި ބޭއްވި ހާއްސަ ހަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބޮލީވުޑް ތަރިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.


މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.


މި ހާއްސަ ހަރަކާތުގައި އިންޑިއާގެ މަޝްހޫރު ފަންނާނުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ޝިލްޕާ ޝެޓީ، ޝޮނާކްޝީ ސިންހަ އާއި އޭނާގެ ފިރިމީހާ ޒަހީރު އިގުބާލް ހިމެނެއެވެ. އަދި ސަނީ ކޯޝަލް، ކަރިޝްމާ ކަޕޫރު، އަރުބާޒް ޚާން ވެސް ހިމެނެއެވެ.


މީގެއިތުރުން މަޝްހޫރު މޭކަޕް އާޓިސްޓް ސުރާ ޚާން ފަދަ މަޝްހޫރު މީހުން މި ހަރަކާތުގައި ބައިވެރިވެ، ރައީސް އާ ބައްދަލުކުރެއްވިއެވެ.


އިންޑިއާ އަކީ ރާއްޖެއަށް ފަތުރުވެރިން އެންމެގިނައިން އަންނަ 10 ގައުމުގެ ތެރޭގައި ކޮންމެއަހަރަކު ވެސް ހިމެނޭ ގައުމެކެވެ.


ކިޔުންތެރިންގެ ހިޔާލު