ރައީސުލްޖުމްހޫރިއްޔާ މަރާލާނެކަމުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

2 weeks ago

އަފްރާހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރާލާނެކަމަށް ބުނެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖޭން ބޭރުގައި ހުރެފައި މާލެ އައިތަނުން އޮކްޓޯބަރ 8 ވަނަ ދުވަހުގެ ރޭ ކަމަށެވެ.


ފުލުހުން އިތުރަށް ވިދާޅުވީ ހައްޔަރުކޮށްފައިވަނީ ގަލޮޅު ސަންސަންގެއާގޭ، އުމުރުން 40 އަހަރުގެ އަބްދުﷲ މިޔާދު ކަމަށެވެ.


މީގެއިތުރުން އޭނާ ހައްޔަރުކުރީ އޭނާ ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށްބުނެ އިންޒާރުދީ، އިތުރު އެހެން ފަރާތްކަށް ނިސްބަތްކޮށް މަރާލާނެކަމަށާއި އެނޫން ގޮތްގޮތުން ގެއްލުން ދޭނެކަމަށްބުނެ އިންޒާރުދީ ހަޑި ހުތުރުބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންދިއުމާއި ގުޅިގެން ކަމަށެވެ. 


ހަމަމިއާއެކު އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދާ މައްސަލަ ވެސް ހިމެނޭކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު