މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ ގައި ރައީސް ބައިވެރިވެވަޑައިގެންފި

2 weeks ago

އަފްރާހް

"މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ. 


މިހަރަކާތް ބާއްވާފައި ވަނީ އޮކްޓޯޞަރ 8 ވަނަ ދުވަހު މުމްބާއީގައެވެ.


މިއީ ދެފަރާތަށް ވެސް މަންފާކުރާގޮތަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް އަންގައިދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.


މިހަރަކާތުގައި ގިނަ އަދަދެއްގެ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ވެސް ބައިވެރިވިއެވެ.


މިހަރަކާތުގެ ކުރިން ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ މުޚާއްތުބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވިއެވެ.


ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު