ސްޓެލްކޯގެ އެހީތެރިކަމާއެކު ބީއެމްއެލް އިން ގާފަރުގައި އޭޓީއެމް އިމާރާތެއް

2 weeks ago

އަފްރާހް

ސްޓެލްކޯގެ އެހީތެރިކަމާއެކު ބީއެމްއެލް އިން މާލެއަތޮޅު ގާފަރުގައި އޭޓީއެމް އިމާރާތެއް ހަދައި، ހިދުމަތްދޭން ފަށައިފިއެވެ.


މިކަން ހާމަކުރައްވައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ 'އެކްސް' ގައި ވިދާޅުވީ މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި މިއީ ގިނަ ރައްޔިތުންތަކަށް ފައިދާވާނެ ކަމެއް ކަމަށެވެ.


މީގެއިތުރުން މިފަދަ މަޝްރޫއުތަކުން ދައްކައިދެނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްގީ އަށް ކުރަމުންދާ މަސައްކަތްތައް ކަމުގައި ވެސް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.


މި އޭޓީއެމްއަކީ ބީއެމްއެލް އިން މުޅި ރާއްޖެއަށް ބޭކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވައި ހިދުމަތް ދޭން ފެށި ތަނެކެވެ.


މި އޭޓީމީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.


ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ ގާފަރުގައި މި ފެށި އޭޓީއެމް ހިދުމަތާއެކު އެ އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމްކޮށްފައިވާ ދެ ބްރާންޗުގެ އިތުރުން މީހުން ދިރިއުޅޭ އިތުރު ހަ ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފައިވާ ކަމަށެވެ.


މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބީއެމްއެލުންދަނީ ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު