މމދ ޖަމިއްޔާގެ ނައިބު ރައީސް އިންތިހާބު މާދަމާ

1 week ago

އަފްރާހް

މަޖީޖިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މމދ ޖަމިއްޔާ) ނައިބު ރައީސްގެ ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 700 އަށްވުރެ ގިނަ މީހުންނަށް ލިބިފައިވާކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.


"އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ރައީސް އަޙްމަދު އަފްޢާލް ވިދާޅުވީ އެ އިންތިހާބުގައި 709 ފަރާތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.


އަފްޢާލް ވިދާޅުވީ ވޯޓުލުން އޮންނާނީ އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8 ޖަހާއިރު ކަމަށެވެ. އަދި ހަވީރު 6 ޖަހަންދެން ވޯޓުލުން ކުރިއަށްދާއިރު، ހަމައެރޭ ނަތީޖާ ވެސް އިއުލާން ކުރުމަށް ނިންމާފައިވާ ކަަމަށް ވިދާޅުވިއެވެ.


މި އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް ވެސް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށާއި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއާ އިން ވޯޓިންގ ސިސްޓަމްގެ މައުލޫމާތު ފޮނުވަމުން ގެންދާނެ ކަމަށް ވެސް އަފްޢާލް ވިދާޅުވިއެވެ.


މމދ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު 27 އޯގަސްޓުގައި ހުޅުވައިލާ 16 ސެޕްޓެމްބަރ ގައި މުއްދަތު ހަމަވިއިރު، 8 ފަރާތަކުން ވަނީ ނަން ހުށަހަޅުއްވާފައެެވެ. އެފަރާތްތަކުގެ ކެންޑިޑެސީ ނަމްބަރު ތަރުތީބުކޮށްފައިވަނީ 18 ސެޕްޓެމްބަރުގައެވެ.


ކެންޑިޑޭޓް ނަމްބަރު 1 ހުސައިން ސުހައިލް އަށް ލިބުނުއިރު، މުހައްމަދު ޝިފާން އަށް ލިބުނީ 2 އެވެ. އަދި ކެންޑިޑޭޓް ނަމްބަރު 3 އިސްމާއިލް ސާޖިދަށް ލިބުނުއިރު، 4 ލިބުނީ އަބްދުލްހަމީދު އަބްދުއްރަހީމް އަށެވެ.


ކެންޑިޑޭޓް ނަމްބަރު 5 މުހައްމަދު ޝަރަފް އަށް ލިބުނުއިރު، ނަމްބަރ 6 ލިބުނީ މުހައްމަދު އިނާޛު އަށެވެ. އަދި ނަމްބަރ 7 ހުސްނީ އަގީލް އަށް ލިބުނުއިރު، ކެންޑިޑޭޓް ނަމްބަރ 8 ލިބުނީ މުހައްމަދު އަބްދުﷲ ސައީދު އަށެވެ. 


ކިޔުންތެރިންގެ ހިޔާލު