ވެލިދޫގެ ޖޫނިއަރ ކޮލެޖުގެ މަސްއްކަތް 2025 އަށް ނިންމުމަށް އަމާޒު ހިފައިފި

1 week ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން، މަތީ ތައުލީމު ކުރިއެރުވުމަށް އަމާޒުކޮށް، ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ބިނާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.


އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާ މި ޖޫނިއަރ ކޮލެޖް އެޅުމުގެ 30 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ކޮލެޖް އިމާރާތްކުރުމުގެ މަސައްކަތް ނިމިގެންދާއިރު، ސްމާޓް ކްލާސް ރޫމްތަކުގެ އިތުރުން އައިސީޓީ ލެބޯޓްރީތަށް ބިނާކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. 


މި މަސައްކަތް ނިމި ކިޔަވައިދޭން ފެށޭނެކަމަށް ލަފާކުރަނީ 2025 ވަނަ އަހަރުއެވެ.


ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ތަފާތު ތަމްރީނު ޕްރޮގްރާމްތަށް ފޯރުކޮއްދިނުމާއި އެކި ރަށްރަށަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަމެކެވެ. 


އެގޮތުން ވެލިދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މި ޖޫނިއަރ ކޮލެޖަކީ ދިވެހި ދައުލަތުން މަތީ ތައުލީމު ކުރިއެރުވުމަށް އަމާޒުކޮށް ކުރިއަށް ގެންދާ ވަރަށް މުޙިންމު ޕްރޮޖެކްޓެކެވެ.


ކިޔުންތެރިންގެ ހިޔާލު