3 months ago
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ބެންގަލޫރަށް މިއަދު ވަޑައިގަންނަވައިފިއެވެ.
ބެންގަލޫރަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ކަރްނާޓަކާ ސަރުކާރުގެ، ޗިއްކަބައްލަޕޫރު ޑިސްޓްރިކްޓްގެ އިންޗާޖް މިނިސްޓަރ އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަނެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނާއި ދިވެހި ވަފުދުގެ ބޭފުޅުން އިންޑިއާގެ ވިފަރާރިވެރިންގެ މަންދޫބުންނާ ބައްދަލުކުރައްވާނެއެވެ.
އަދި ރައީސްގެ ދެކަނބަލުން، ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހިޔަލަ ޕެއާ
މިހާރު މުއިއްޒުއަށް ދިވެހިން ނުކުރާ ތާއީދު އިންޑިޔާއިން ލިބެޔޯ ދޮގުވެރިކަން މެކުހަށް
3 months ago