3 months ago
ހއ. ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖު 90 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މިއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަތީ ތައުލީމު ކުރިއެރުވުމަށް އަމާޒުކޮށް ބިނާކުރާ ކޮލެޖެކެވެ.
މިނިސްޓްރީން ވިދާޅުވީ އެ ކޮލެޖުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފައެވެ.
މީގެއިތުރުން މި އިންސްޓިޓިއުޓް ހިންގުމުގެ އިދާރީ މަސައްކަތްތައް ކުރުމަށް ތައްޔާރުވެ، ކިޔަވައިދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންންކަމަށް ވިދާޅުވިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި ކޮލެޖުގެ މަސައްކަތް ނިމި، ކިޔަވައިދޭން ފަށާނެކަމަށް ލަފާކުރަނީ 2025 ވަނަ އަހަރު ކަމަށެވެ.