ބ. އަތޮޅުގެ ތިން ރަށެއްގައި ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ބާއްވައިފި

1 week ago

އަފްރާހް

ބ. އަތޮޅުގެ ތިން ރަށެއްގައި ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ބާއްވައިފިއެވެ.


އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ބ. އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ، ދޮންފަނު، ކެންދޫ ދަރަވަންދޫ، އަދި އޭދަފުށީގައެވެ.


މި މަހުގެ 5 ން 7 ގެ ނިޔަލަށް ބޭއްވި މި ކޭމްޕުގައި އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ދަތިތައް ހުންނަ ކުޑަކުދިންނަށް އެ ރަށްރަށުގައި ހިލޭ ޓެސްޓުތައް ވަނީ ހަދައިދީފައެވެ. އަދި ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަނާއި ޑައިގްނޯސިސް އަދި އިންޑިވިޖުއަލް އެސެސްމަންޓާއި އޯޑިއޯމެޓްރިކް ޓެސްޓު ވެސް ވަނީ ހަދާފައެވެ.


މީގެއިތުރުން ރަށްރަށުގެ ސްކޫލްތަކުގައި މަސައްކަތްކުރާ ސްޕެޝަލް އެޑިއުކެޝަން ނީޑްސް (ސެން) ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖުގެ ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.


މި ވޯކްޝޮޕްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމުގައި ބޭނުން ކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަ ދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް، އެ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިއްމު މައުލޫމާތު ވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު