މިންތީގެ ހަމަހަމަކަމާއެކު ކަންކަން ރާވައި ހިންގުމަށް ސަރުކާރުން އިސްކަންދޭ: ޑރ. ހައިދަރު

1 week ago

އަފްރާހް

މިންތީގެ ހަމަހަމަކަމާއެކު ކަންކަން ރާވައި ހިންގުމަށް ސަރުކާރުން އިސްކަންދޭ ކަމުގައި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބޭއްވި ޖެންޑަރ ޑޭޓާ ޔޫސް ރިޕޯޓް ނެރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް އިސްކަން ދިނުމަކީ މުހިންމުކަމެއް ކަމުގައެވެ.


އެގޮތުން މިންތީގެ ހަމަހަކަމަށް ހޯދޭ އެކި ހޯދުންތަކުގެ މައްޗަށް ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގެ ފްރޭމްވޯކެއް ހަދައިގެން އެގޮތަށް ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރަން މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ގިނަ ފަހަރު ސިޔާސަތުތައް އެކުލަވާލުމުގައި މިންތީގެ ހަމަހަމަކަން ގެނެވިފައި ނުވި ނަމަވެސް އަންހެނުންނަށް ސަމާލުކަން ދެވިގެން ނެގޭ ތަފާސް ހިސާބުތަކަކީ މި ސަރުކާރުން ސިޔާސަތުތައް އެކުލަވާލުމުގައި އިސްކަމެއް ދޭނެކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރު ވަނީ ދިރާސާކުރުމާއި ފެކްޓު ހޯދުމުގެ މުހިންމުކަމަށް ވެސް ވަރަށް ބޮޑަށް އަލި އަޅުވާލައިފައެވެ. އެކިކަހަލަ ދިރާސާތައްކޮށް އެކިކަހަލަ ހޯދުންތައް ހޯދުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭނެކަން ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށް އެވިޑަންސް ބޭސްޑް ނުވަތަ ހެއްކާއި ގަރިނާގެ މައްޗަށް އެކުލެވޭ ހޯދުންތަކަށް ރިއާޔަތް ކުރާނެކަމަށް ވެސް ވިދާޅުވިއެވެ


މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރ ޕްލޭން ހެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއެކު، އެ މަސައްކަތަށް ވެސް ތަފާތު ދިރާސާތައް ކުރުމާއި ތަފާތު ހޯދުންތައް ހޯދައި ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން ވަރަށް ބޮޑަށް ބަލާނެކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު