އައްޑޫ އާއި ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް އައުކުރުމަށް އެމްއޯޔޫއެއް

1 week ago

އަފްރާހް

އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކުރުމުގެ މަސައްކަތަށް މަގުފަހިކުރުމަށްޓަކައި އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.


އޮކްޓޯބަރ 9 ވީ ބުދަ ދުވަހު ފުވައްމުލަކު ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި ސޮއިކުރީ ސަރުކާރާއި، ޔޫ.އެން.ޑީ.ޕީ އަދި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ.


މި މަޝްރޫއަކީ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީ.އެފް.ސީ.އާރު) އިން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕްރީފް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ މަގްސަަދަކީ އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކޮށް، ތަރައްގީކުރުމެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ އެ ދެސިޓީގެ ނޭޗަރ ޕާކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދެ ސިޓީގެ ފަތުރުވެރިކަމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.


މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު