މޫސުން ގޯސްވެ، ހުދުސަމާލު ނެރެފި

1 week ago

ހަންނާން

ރާއްޖެއަށް މިހާރުކުރަމުން ގެންދާ ވިއްސާރައިގައި މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެތީ ހުދު ސަމާލުނެރެފިއެވެ.


މޫސުމާ ބެހޭ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ މެންދުރު ފަހު 1:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ގަޑިއަކު 19-24 ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.


މީގެ އިތުރުން އާދަޔާހިލާފަށް ވައި ގަދަވާނެތީ ރީނދޫ ސަމާލު ވެސް ވަނީ ނެރެފައެވެ. އެގޮތުން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. 


އެގޮތުން ހެނދުނު 11:00 އާ ހަމައަށް ގަޑިއަކު 25-30 ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު