2 months ago
ހދ. ނޭކުރެންދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން ވިދާޅުވީ މިހާރުކުރިއަށްދަނީ ކޮންކްރީޓް ކެޕިންގެ މަސައްކަތް ކަމަށެވެ.
ހައުސިންގ މިނިސްޓްރީން އެރަށު ބަނދަރު ތަރައްގީގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 31 އޮކްޓޯބަރު 2022 ގައި 45.11 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން މޫރިން ބޮއެ ހަރުކޮށް، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކޮށް، 366 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުން ވެސް ހިމެނެއެވެ.
މީގެއިތުރުން 1،985 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 1،859 އަކަ މީޓަރުގެ ހާބަރު ޕޭވްމެންޓް އަޅައި، 22323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުން ވެސް ހިމެނެއެވެ. އަދި 6806 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުން ވެސް ވަނީ ހިމަނާފައެވެ.