ޕާކިންގ ޒޯނެއްގައި ހުރި ގަސްތަކެއް ސައިކަލުތަކެއްގެ މައްޗަށް ވެރިއްޖެ

6 months ago

އަފްރާހް

ސޯސަން މަގު ގައި ހުރި ޕާކިންގ ޒޯނެއްގައި ހުރި ގަސްތަކެއް ސައިކަލުތަކެއްގެ މައްޗަށް ވެރިއްޖެއެވެ.


މި ހާދިސާ ހިނގާފައިވަނީ މާލެ އަށް މާލެ އަށް މިހާރުކުރަމުންދާ ވިއްސާރައިގާ މޫސުން ގޮސްވެ، ވައިގަދަވުމުގެ ސަބަބުންނެވެ.


ސޯސަން މަގު ސިންދިތާ ކުރިމަތީ ހުންނަ ސައިކަލް ޕާކިންގ ޒޯނުގައި ހުރި ގަސްތައް ވެރުމުގެ ސަބަބުން ބައެއް ސައިކަލުތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް 'އޮއިވަރު' އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ލިބިފައިވާ ގެއްލުމުގެ ތަފްސީލު ލިބޭގޮތް އަދިވަނީ ނުވެފައެވެ.


އެ ޒޯނަކީ ކާރުބާރޫބޮޑު އަދި އަބަދުވެސް ގިނަ އަދަދެއްގެ ސައިކަލް ޕާކުކޮށްފައި ހުންނަ ތަނަކަށްވާއިރު، އެ ސަރަހައްދުގައި ހުރި މީހަކު ބުނީ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ވެރިފައިވާ ގަސްތައް ނަގައި، ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު