ސަމާލުވޭ، ހޯމަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ

1 week ago

އަފްރާހް

އަންނަ ހަފުތާގެ ހޯމަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.


ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަން ހާމަކުރައްވައި، އެ އިދާރާ އިން ވަނީ ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި އުފެދިފައިވާ ދެކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ބުނެފައެވެ.


މީގެއިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އާންމުގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގައި ކަމުގައި އެ އިދާރާ އިން ބުނެއެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.


މީގެއިތުރުން ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.


އެ އިދާރާ އިން އިތުރަށް ބުނީ ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ވެސް ވަނީ ބުނެފައެވެ.


މެޓް އޮފީހުން ވަނީ އާންމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ވެސް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު