ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ފުލުހުން އިލްތިމާސް ކޮށްފި

1 week ago

އަފްރާހް

ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން މިފަދައިން އިލްތިމާސްކުރައްވަފައި މިވަނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކުގައެވެ.


އެގޮތުން ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރައްވާފައިވާއިރު، ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.


މީގެއިތުރުން ފަސޭހައިން ހަލާކުވެ، ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރައްވާފައި ވެއެވެ.


ހަމަމިއާއެކު އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން އުޅަނދު ދުއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު