ގަމު ކަނބަލުންނަށް ކަސްރަތު ޕްރޮގްރާމެއް ފަށައިފި

1 week ago

އަފްރާހް

ހައްދުންމަތީ ގަމު ކަނބަލުންނަށް ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.


މިއީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ގަން ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


އޮކްޓޫބަރު މަހުގެ 9 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފަށްޓަވައިދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެސް 4، މޭޖަރ އަޙްމަދު އަތީފްއެވެ.


މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގްސަދުގައި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


އެ ރަށުގެ 130 ކަނބަލުން ބައިވެރިވާ މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.


ކިޔުންތެރިންގެ ހިޔާލު