ގެއްލިގެން ހޯދަމުންދިޔަ ޒޯޔާ ފެނިއްޖެ

4 months ago

އަފްރާހް

މި މޭ މަހުގެ 25 ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ޒޯޔާ ފިކުރީ ފެނިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ ތ. މަޑިފުށި، ނައިޓްރޯސް، އާއިޝަތު ޒޯޔާ ފިކުރީ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާޅު ރަނގަޅު ކަމަށެވެ.


މާލެއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ ޒޯޔާ ފެނުނުކަން ހާމަކުރެއްވިޔަސް އިތުރު މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެއެވެ.


ބައެއް މަސްދަރުތަކުން ބުނާގޮތުގައި މިއީ ޒޯޔާ ގެއްލުނު ފުރަތަމަ ފަހަރެއް ނޫނެވެ. އަދި ކުރިން ގެއލްުނު ފަހަރު ވެސް އޭނާ ފެނުނީ އަމިއްލައަށެވެ.


ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަތައް ވަރަށްގިނައިން ފެންމަތިވާއިރު، މިގޮތަށް ގެއްލިގެން ހޯދަން އިއުލާން ކުރާ ގިނަ ބަޔަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ދަނީ ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު