މމދ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމަށް ޝިފާން

1 week ago

އަފްރާހް

މަޖީޖިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މމދ ޖަމިއްޔާ) ގެ ނައިބު ރައީސްގެ މަގާމަށް މީހަކު އައްޔަންކުރުމަށް ބޭއްވި ބައި-އިލެކްޝަން މުޙައްމަދު ޝިފާން ކާމިޔާބުކުރައްވައިފިއެވެ.


އޮކްޓޯބަރ 10 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގައި ޖުމްލަ 8 ފަރާތަކުން ވާދަކުރައްވާފައިވާއިރު، ވޯޓުލުމުގެ ހައްގު 709 ފަރާތަކަށް ވަނީ ލިބިފައެވެ.


ވޯޓުލުމުގެ ހުރިހައި އިންތިޒާމެއް އޮންލައިންކޮށް ކުރިއަށްގެންދިޔަ މި އިންތިހާބު ޝިފާން ކާމިޔާބުކުރެއްވީ 273 ވޯޓުންނެވެ. ޝިފާން އާ އެންމެގާތުން ވާދަކުރެއްވި މުޙައްމަދު ޢަބްދުﷲ ސަޢީދަށް 91 ވޯޓު ލިބިވަޑައިގެންނެވިއިރު، ޙުސައިން ސުހައިލް އަށް 79 ވޯޓު ލިބިވަޑައިގެންނެވިއެވެ. އަދި މުޙައްމަދު އިނާޛު އަށް 54 ވޯޓު، ހުސްނީ އަގީލް އަށް 36 ވޯޓު، އިސްމާއިލް ސާޖިދު އަށް 14 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.


މީގެއިތުރުން މުޙައްމަދު ޝަރަފް އަށް 9 ވޯޓު އަދި ޢަބްދުލް ޙަމީދު ޢަބްދުއްރަހީމް އަށް ދެ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.


މމދ ޖަމިއްޔާގެ މިދައުރުގެ ރައީސް އަކީ އަޙްމަދު އަފްޢާލް އެވެ.


ކިޔުންތެރިންގެ ހިޔާލު