ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ހަދައިދޭނެ ފަރާތެއް ހޯދަނީ

1 week ago

އަފްރާހް

ކުޅުދުއްފުށި ސިޓީގައި ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.


އެ ސިޓީ ކައުންސިލުން ކުރައްވާފައިވާ އިއުލާނުގައި ވަނީ މިކަމާއިގުޅޭ ޕްރީބިޑް މީޓިންގ ނުވަތަ މައުލޫމާތު ސެޝަން އޮންނާނީ އޮކްޓޯބަރ 13 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި އެ ކައުންސިލު އިދާރާގައެވެ. އަދި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 17 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އެވެ.


އޮކްޓޯބަރ 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.


ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި އެ އިދާރާގެ ވެބްސައިޓް kulhudhuffushicity.gov.mv/procurement އިން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި ބީލަމާއި ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓު މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.


މީގެއިތުރުން ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެއް ކަމަށާއި އަންދާސީ ހިސާބު ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.


މި ބީލަމާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 6527177، 6527182 އަދި 6527192 އަށް ރަސްމީ ގަޑީގައި ގުޅުމަށް ކުޅުދުއްފުށި ސިޓީ ކައުންސިިލުން އެދިލައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު