2 months ago
ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ 'ޕިންކް ރިބަން ރަން ވޯކް' އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރު ވެސް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިއީ އެ ބޭންކާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ކުރިއަށްގެންދާ އިވެންޓެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކާއި 11 ރަށެއްގައި މި އިވެންޓް މިއަދު ވަނީ 2400 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީކޮށްގެން ކުރިއަށްގެންގޮސްފައެވެ.
މި އިވެންޓް ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށެވެ.
ބޭންކުން ވަނީ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެންސަރ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 200,000 ރުފިޔާ ސީއެސްއެމް އަށް ހަދިޔާކޮށްފައެވެ.
2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ ސީއެސްއެމް އަށާއި 'ޕިންކް ރިބަން ރަން ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.