ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

1 week ago

އަފްރާހް

މޫސުމާއިބެހޭ ގައުމީ އިދާރާ އިން، ހއ އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.


އެ އިދާރާ އިން ނެރެފައިވާ ސަމާޅުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.


މި ސަމާލު ނެރެފައވަނީ މިރޭ ދަންވަރު 12 ޖެހުމާއި ހަމައަށެވެ.


ފާއިތުވި ހައެއްކަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، އެކި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހެމުންދާއިރު، މޫސުމީ އެކި ސަމާލު ވެސް ދަނީ ނެރެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު