ގުދުރަތީ ރައުސްމާލު ވަޒަންކުރުމުގެ މަސައްކަތް އެހެން އަތޮޅުތަކުގައިވެސް ނަކަލުކުރަނީ

1 week ago

އަފްރާހް

ގުދުރަތީ ވަސީލަތްތައް ވަޒަން ކުރުމުގެ މަސައްކަތްކޮށް ނިމުމުން މުޅި ރާއްޖޭގައި ވެސް މިފަދައިން ޤުދުރަތީ ރައުސްމާލު ވަޒަންކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި އެންވަޔަރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެންދެރި ސްމޯލް ގްރާންޓްސް 2024 ހަވާލުކުރުމަށް ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.


އޮކްޓޯބަރ 12 ވީ ހޯމަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ގުދުރަތީ މުއްސަނދިކަން ވަޒަން ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓްރ ވިދާޅުވީ ބޭރުގެ ގިނަ ގައުމުތަކުގައި އެ ބައެއްގެ މުހިންމު ގުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަން ކުރެވިފައިވާކަމަށެވެ.


އެހެންނަމަވެސް އަޅުގަނޑުމެންގެ އެންމެ މުހިންމު ވަސީލަތްތައްކަމުގައިވާ ފަރުތަކާއި، ކުޅިފާޗަސްބިންތަކާއި، މޫދުވިނައިގެ މާހައުލީ ނިޒާމުތައް އޮތީ ވަޒަން ނުކުރެވިކަން ފާހަގަކުރެއްވިއެވެ.


އެންދެރި މަޝްރޫއުގެ ދަށުން ހިންގާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގެ އުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސްއާއެވެ.


މިގޮތުން ލާމު އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދު ވިނައާއި، ކުޅިފާޗަސްބިންތަކުގެ މިންވަރާ ފެންވަރު ބެލުމުގެ ދިރާސާތަކެއް މި އަހަރު ތެރޭގައި ވަނީ ކޮށްފައެވެ.


މި މަސައްކަތުގައި ކޮށްފައިވާ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި މިކަމާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް ދޭން ޖެހޭ ތަމްރީން ދިނުމަށްޓަކައި ޔޫއެންއެސްޑަބްލިއު ގެ ޓީމެއް މި އަންނަ ނޮވެމްބަރު މަހުތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާނެވެ.


ކިޔުންތެރިންގެ ހިޔާލު