ދިވެހި އަސްކަރިއްޔާ ބޭރުގައުމެއްގެ އަމުރުވެރިކަމުގެދަށުގައި އޮތްކަމެއް ނޭނގެ: އިބްރާހިމް އާޒިމް

1 week ago

އަފްރާހް

އެއްވެސް އިރެއްގައި ދިވެހި އަސްކަރިއްޔާ ބޭރުގައުމެއްގެ އަމުރުވެރިކަމުގެދަށުގައި އޮތްކަން އެނގިވަޑައިގެންފައި ނުވާކަމަށް މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.


"އެއްވެސް އިރެއްގައި ދިވެހި އަސްކަރިއްޔާ ބޭރުގައުމެއްގެ އަމުރުވެރިކަމުގެދަށުގައި އޮތްކަން އަޅުގަނޑު ނުދެނަހުރީމެވެ. ހަމަގައިމުވެސް އަޅުގަނޑު އަސްކަރިއްޔާގައި ހޭދަކުރި 34 އަހަރުގައި އެފަދަ ކަމެއްވެފައިނެތެވެ. އަޅުގަނޑަކީ ސިފައިންގެ އެތެރޭގެ ކަންކަން ހިނގާގޮތް ވަރަށް ގާތުން ދެކެފައިވާ މީހަކީމެވެ." އެ ޕޯސްޓުގައި ވެއެވެ.


މީގެއިތުރުން ސިފައިންގެ އެތެރޭގެ ކަންކަން ހިނގާގޮތް ވަރަށް ގާތުން ދެކެފައިވާ މީހެއްކަން ފާހަގަކުރައްވައި، ވިދާޅުވީ އެހެންނަމަވެސް އަސްކަރިއްޔާގެ ކަންކަން ބެލެހެއްޓުމަށް އެކިދައުރުތަކުގައި ސިޔާސީ މަގާމުގައި ތިއްބަވާ ބޭފުޅުން އަސްކަރިއްޔާ ސިފަކުރާވާގޮތެއްގެ އެމަނިކުފާނަށް އެނގިވަދައިނުގަންނަވާ ކަމަށެވެ.


އާޒިމް ވިދާޅުވީ ގައުމީ ދިފާއީ ބާރަކީ އަބަދު ވެސް ރައްޔިތުންގެ ލޯތްބާ އިތުބާރު ލިބިފައިވާ، ދިވެހީންގެ އެންމެ ފަޚުރުވެރި ދުވަސްވީ އެއް މުއައްސަސާ ކަމަށެވެ. އަދި ސިފައިންގެ ހިތްތަކުގައި އަބަދު ވެސް ބިންވަޅުނެގިފައިވަނީ ހުއްބުލް ވަޠަނުގެ ލޯބި ކަމަށެވެ.


ހަމަމިއާއެކު މިލޮބުވެތި ގައުމު ދިފާއު ކުރުމުގައި ސިފައިން ދެމިތިބީ ވާޖިބަށް އިސްކަންދީގެން މާތްވެގެންވާ އިސްލާމުދީނާއި މިގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމުގައި އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު