ގަވާއިދާ ހިލާފަށް އުޅުނު އިތުރު ނުވަ ބިދޭސީއަކު އަތުލައިގަނެފި

1 week ago

ހަންނާން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން، އިތުރު 09 ‏ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮފިއެވެ.


މިކަން ހާމަކުރައްވާ އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަތުލައިގަތް ނުވަ ބިދޭސީންނަކީ އެތަން ތަނުން ގެންދިޔަ މީހުން ކަމަށް އެ އިދާރާ އިން ބުންޏެވެ.


"ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ވަނީ ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި." އިމިގްރޭޝަނުން އެކްސްގައި ބުނެފައިވެއެވެ.


އިމިގްރޭޝަންނާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަނުގުގެ ދަށުން މީގެ ކުރިންވެސް ގަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުން ގެނާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭގެތޭގައި ވަގު ވިޔަފާރި ނެޓުވޯކްތައް ހިންގާ ބިދޭސީންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު