ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލަރުންގެ އިތުބާރު ގެއްލުވާލަން: ފައްޔާޟު

1 week ago

ހަންނާން

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލަރުންގެ އިތުބާރު ގެއްލުވާލަން ކަމަށާއި އެކަން ވިޔަނުދިނުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޟު އިސްމާއީލް ވިދާޅުވެއްޖެއެވެ.


ކުޅުދުއްފުށީގައި ހޮނިހިރު ދުވަހު ފެށި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލަރުންނަކީ ބޭކާރު ބަޔެއް ކަމުގައި ހަދައި، ކައުންސިލަރުންނާއި ކައުންސިލްތަކަށް ކުރާ ޚަރަދަކީ ބޭކާރު ޚަރަދެއް ކަމުގައި ރައްޔިތުންނަށް ދައްކަން ކަމަށެވެ.


މީގެއިތުރުން ކައުންސިލަރުންގެ އިތުބާރު ގެއްލުވާލަން މި ސަރުކާރުން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވައި، ކައުންސިލްތަކުގެ މަސައްކަތުގައި އޮންނަނީ ކޮރަޕްޝަން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކައުންސިލަރުން ބޭރު ގައުމުތަކަށް ގޮސް މަޖާ ކުރަނީ ކަމަށް ދައްކަން ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.


ފައްޔާޟު ވިދާޅުވީ އެމްޑީޕީގެ ވިސްނުން އޮތީ ހަމަ މިހާރު އޮތް ގޮތަށް ކައުންސިލަރުންގެ އަދަދު ވެސް، ޑަބްލިއުޑީސީގެ މެމްބަރުން ވެސް އަދި ޑަބްލިއުޑީސީގެ މެމްބަރުންނަކީ ވެސް ފުލްޓައިމް ބައެއްގެ ގޮތުގައި ބޭތިއްބުންކަމަށެވެ. ނަމަވެސް މި ސަރުކާރުން އުޅެނީ ކައުންސިލަރުންނަކީ ބޭކާރު ބަޔެއް ކަމަށް ރައްޔިތުންނަށް ދައްކަން ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.


"އަޅުގަނޑުމެންގެ އެމްޑީޕީގެ ވިސްނުން އޮތީ ހަމަ މިހާރު އޮތް ގޮތަށް ކައުންސިލަރުންގެ އަދަދު ވެސް، ޑަބްލިއުޑީސީގެ މެމްބަރުންވެސް އަދި ޑަބްލިއުޑީސީގެ މެމްބަރުންނަކީވެސް ފުލްޓައިމް ބައެއްގެ ގޮތުގައި ބޭތިއްބުން،" ފައްޔާޒް ވިދާޅުވިއެވެ.


ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކުގެ އަދަދު މަދު ކުރުން ނަމަވެސް، އެމްޑީޕީގެ ވިސްނުން މުޅިން ތަފާތު ކަމަށެވެ. އެކަން އެގޮތައް ވިޔަ ނުދޭނޭކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު