ތުލުސްދޫ އަށް ބޭލި ކުއްތާ، އަނބުރާ ޔޮޓަށް ފޮނުވާލައިފި

4 months ago

އަފްރާހް

މާލެ އަތޮޅު ތުލުސްދޫ އަށް ކުއްތާއެއް ދޫކޮށްލައި މަންޒަރު މީސްމީޑިއާގައި އާންމުވެއްޖެއެވެ.


އެ ވީޑިއޯ އިން ފެންނަގޮތުގައި އެރަށުގެ ވާޓަރާއި ގާތްކޮށްފައި އޮތް ދޯންޏަކުން މީހަކު ފައިބާއިރު، އުރުގައި ކުއްތާ އިނދެއެވެ. އަދި އެމީހާ ބަނދަަށް ފޭބުމަށްފަހު، އެ ކުއްތާ ދޫކޮށްލައެެވެ. އަދި އެއްފައިން ކޮރުޖަހާ ކަހަލަ ގޮތަކަށް އެމީހާ ވައްތަރެއް ޖައްސައެވެ.


މިކަމާއިގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން 'އޮއިވަރު' އަށް ވިދާޅުވީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫ އަށް ބޭލިކަމުގެ ރިޕޯޓު ލިބި، އެޓެންޑުވެފައިވާ ކަމަށެވެ.


ފުލުހުން ވިދާޅުވީ އެ ކުއްތާ މިހާރުވަނީ އަނބުރާ ޔޮޓަށް ގެންގޮސްފައި ކަމަށެވެ. އަދި އެއީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކޮށްފައިވާ ކުއްތާއެއްކަން މިހައިތަނަށް ބެލިބެލުމުން އެނގޭ ކަަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު