އެމްޑީޕީ ސަރުކާރުން ދިން 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު މިމަހު އިއުލާން ކުރަނީ

1 week ago

އަފްރާހް

ނިމިދިޔަ އެމްޑީޕީ ކުރީ ސަރުކާރުން ދިން 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު މިމަހު އިއުލާން ކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


މީޑިއާ އަށް މައުލޫމާތު ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި އެ މިނިސްޓްރީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި މަަސް ނިމުމުގެ ކުރިން އެ ލިސްޓު އިއުލާން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.


އެެހެންނަމަވެސް އެކަން ކުރައްވާނެ ސީދާ ތާރީހެއް ހާމައެއް ނުކުރައްވައެވެ.


އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ރިޔާސީ ދައުރުނިމެން ގާތްވެފައި ވަނިކޮށް ދީފައިވާ މި ފްލެޓުތަކުގެ ލިސްޓު އާންމުކުރުމާއެކު ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ޝަކުވާ ހުށަހަޅަން ހުޅުވައިލި މުއްދަތުގައި ގިނަ ބަޔަކު ޝަކުވާ ވެސް ހުށަހެޅިއެވެ.


އެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކަށް ޝަރުތު ހަމަނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.


ފްލެޓްތައް ހަވާލުނުކޮށް ގިނަ ދުވަސްތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުންތައް ވެސް އާންމުން ފާޅުކިުރަމުންދާއިރު، އެކަމާއިގުޅިގެން މީގެ ކުރިން ވަނީ އިހުތިޖާޖުތައް ވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު