ސީޕްލޭނެއްގެ ދޮރު، ކްރޫއެއްގެ ބޮލަށް

6 months ago

އަފްރާހް

ސީޕްލޭނެއްގެ ދޮރު، ކެބިން ކްރޫއެއްގެ ބޮލަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.


އެ ވީޑިއޯގައި ފެންނަގޮތުގައި އެއީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެކެވެ. މޫދުގައި މަޑުމަޑުން ދުއްވާފައިދާއިރު، ލަފާކުރެވޭ ގޮތުގައި ކެބިން ކްރޫ ހުންނަނީ ކަނދުގައި ވައު އައްސާށެވެ. އަދި އެހެން ހުއްޓައި ދޮރު ވެއްޓި އޭނާގެ ބޮލުގައި ނުވަތަ ގައިގައި ޖެހުމާއެކު އޭނާ މޫދަށް ވެއްޓެއެވެ.


އެހެންނަމަވެސް ބޯޓު މަޑުމަޑުން ދުއްވާފައިދާތަން ފެނެއެވެ.


މިކަމުގައި ރަސްމީ އެއްވެސް އިދާރާއަކުން މިހައިތަނަށް އެއްވެސް ބަހެއް ހާމަކުރައްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު