ވީއައިއޭގެ ލަގެޖު އުފުލާ ވެހިކަލެއް ދުއްވަނިކޮށް މީހަކު ނިޔާވެއްޖެ

1 week ago

އަފްރާހް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ލަގެޖު އުފުލާ ވެހިކަލެއް ދުއްވަނިކޮށް މީހަކު ނިޔާވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިހާދިސާ ހިނގީ އޭޕްރޯން ގައި ލައިޓާއި ކެމެރާ ހަރުކޮށްފައިވާ ސްޓްރަކްޗަރއެއްގެ ބުޑުގައި ޖެހިގެން ކަމަށެވެ. އަދި ސްޓްރަކްޗަރގައި ވެހިކަލް ޖެހުނީ އެމީހާ އަށް ސިއްހީ ހާލަތެއް މެދުވެރިވެގެންކަަމަަށް ބެލެވޭ ކަމަށެވެ.


ފުލުހުން އިތުރަށް ވިދާޅުވީ ވެހިކަލް ދުއްވި މީހާ ކްލިނިކަށް ގެންގޮސް އަދި މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހާ ކްލިނިކަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އައިޖީއެމްއެޗަށް ގެންގޮސް އިތުރަށް ބަލައި، ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އެހާދިސާގައި ނިޔާވީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު