ގައުމީ ފެންވަރުގެ ދިވެހި ބޭސްވެރިކަމުގެ ކޯސްތައް 2025 ގަ ފަށަނީ

1 week ago

އަފްރާހް

ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް މޮލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުވެމުން އަންނަކަމަށް އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީނީން ވިދާޅުވެއްޖެއެވެ.


މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހު، އެ އިންސްޓިޓިއުޓްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވީ މި ދަތުރަކީ ކާމިޔާބު ދަތުރުރެއްކަމަށެވެ. އަދި މިގޮތަށް އަތޮޅުތަކަށް ކުރެވޭ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީންވާން ޑިމާންޑް ހުރި ދާއިރާތަކާއި، ރާއްޖެއަށް ހިއުމަން އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެގެން ދާކަމަށާއި އައު ކޯސްތައް ފެށުމަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިން ހޯދުމަށް ވެސް ފަސޭހަވެގެންދާކަމަށެވެ.


މި ޒިޔާރަތުގައި މޯލްޑިވިސް ނެޝަނަލް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޕޮލިޓެކްނިކްގެ ދެ ކެމްޕަސް ކަމަށްވާ، ގދ. ގައްދޫ އަދި ގއ. ވިލިނގިލި ކެންޕަސްއަށް ޒިޔާރަތްކޮށް، އެ ދެ ކެމްޕަހުގައި އެކި ދާއިރާތަކުގެ ކޯސްތަށް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަމާމެދު މަޝްވަރާކުރެވުނެވެ. 


އެގޮތުން ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އެކި ބޭފުޅުންގެ ފަރާތުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެދިފައެވެ.


ނެތެމުންދާ ފަންނުތަށް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަ ކުރައްވާ ޛޫޝާން ވިދާޅުވީ މި ދަތުރުގެ ތެރެއިން ރާއްޖެއިން ނެތިގޮސދްދާނެކަމުގެ ބިރު އޮތް، ދިވެހި ބެސްވެރިކަމުގެ ފަންނުވެރިންނާއި ދިމާވެ، އެބެފުޅުންނާއި ގުޅިގެން އެ ދާއިރާއިން ކޯސްތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުވެރިފައިވާކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރު އެކޯސްތައް ފެށޭވަރުކުރުންކަމަށެވެ.


މޯލްޑިވިސް ޕޮލިޓެކްނިކް އަންނަނީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ރަށްރަށުގައި ތިބެގެން ތައުލީމް އުގެނުމުގެ ފުރުސަތު ފަހިކުރުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ކޯސްތައް ރާވާ، ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު