ނެޝަނަލް އެސެސަރުންނަށް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

1 week ago

އަފްރާހް

ނެޝަނަލް އެސެސަރުންނަށް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިއީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

"ޓްރެއިނިންގ އޮފް ޓްރެއިނަރސް" ގެ ނަމުގައި މި ވޯކްޝޮޕް ކުރިއަށްގެންދަނީ މި އޮކްޓޯބަރ މަހުގެ 13 އިން 17 ގެ ނިޔަލަށެވެ.

މިއީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގައި މަސައްކަތްކުރާ ނެޝަނަލް އެސެސަރުންނަށް އިތުރު ތަމްރީނު ފޯރުކޮށްދިނުމަށް އަމާޒުކޮށް ބާއްވާ ވޯކްޝޮޕެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުންދާ، އެމްއެންއެސްޑީއޭ އާއި މީރީ ޕްރޮޖެކްޖުން އަންނަނީ ރާއްޖޭގެ މަސައްކަތުގެ ބާޒާރަށް ނިކުންނަ ޒުވާނުންގެ ކިބައިގާ، އެ ޒުވާނަކު ނިކުންނަ ދާއިރާއަކާއި ގުޅޭ މައުލޫމާތާއި، ވިސްނުންތެރިކަމާއި، ހުނަރުނާއި ގާބިލްކަން ހުރިކަން ކަށަވަރުކޮށް، ގައުމު ބިނާކުރާނެ ޖީލެއް އުފެއްދުމަށް އެތަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު