ދަނޑުވެރިޔާގެ ނަމުގައި އެޕްލިކޭޝަނެއް

1 week ago

އަފްރާހް

ދަނޑުވެރިންނަށް ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދަނޑުވެރިޔާ ގެ ނަމުގައި އެޕްލިކޭޝަނެއް އިފްތިތާހްކޮށްފިއެވެ. 


މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް މިއަދު މިނިސްޓްރީން ކުރިއަށް ގެންދާ ހާއްސަ ޕެނަލް ޑިސްކަޝަން ފެށުމުގެ ރަސްމިއްޔާތުގައި، އެރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙުމޫދު ޝައުޤީއެވެ.


މި އެޕްލިކޭޝަން އިފްތިތާޙް ކުރިއިރު މިވަތު އެޕްލިކޭޝަނުން ލިބިލައްވާނީ ފަންނީ މައުލޫމާތާއި ކްރޮޕް ޕްލޭނަރގެ ޚިދުމަތެވެ. އެޕްލިކޭޝަން އެއްކޮށް ނިންމައި، ހިދުމަތް ދިނުމަށް ޑިވެލޮޕަރ އާއި އެކު އެއްބަސްވެވިފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ. މި އެޕްލިކޭޝަން އެއްކޮށް ފުރިހަމަ ވެގެންދާއިރު، ފަންނީ މައުލޫމާތާއި ކްރޮޕް ޕްލޭނަރގެ އިތުރުން ދަނޑުވެރިކަމުގެ އެކި މައްސަލަތަކާއި ގުޅޭގޮތުން ފަންނީ މަޝްވަރާތައް ކުރުމަށާއި ޙައްލުތަށް ހޯދުމަށް ފޯރަމްއަކާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ފަހި މާޙައުލެއް ތަނަވަސްކުރުމަށްޓަކައި އުފައްދާ ފަރާތްތަކާއި ގަންނަ ފަރާތްތަކާއި ގުޅުވައިދެވޭ މާކެޓް ޕްލެޓްފޯމަކާއި ބާޒާރުގައި ދަނޑުވެރިކަމުގެ އެކި އުފެއްދުންތަކުގެ އަގަށް އަންނަމުންދާ ބަދަލުތައް ޙިއްޞާކުރާނެ ޚާއްޞަ ކޮމްޕޯނަންޓެއް ހިމެނޭނެއެވެ.


މިއަދަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހެވެ. ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ޚާއްޞަ އަޙައްމިއްޔަތު ކަމެއްދީ އަގުވަޒަން ކުރުމުގެ ގޮތުންނާއި، ދަނޑުވެރިކަމަށް އާންމުންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަސް ފާހަގަކުރާ ގޮތަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. 


ދަނޑުވެރިންނާއި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަސް، "ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް" ސަރުކާރުން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު