2 months ago
ހަގީގަތެއް ބަލައިލުމެއް ނެތި ޚަބަރު ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ މި ސަރުކާރުން 7000 އަށް ވުރެ ގިނަ ވަޒީފާ ދީފައިވާކަމަށް 'އަދަދު' ނޫހުގައި ލިޔެފައިވާ އާޓިކަލްއަކާއި ގުޅިގެންނެވެ.
އެ ޚަބަރުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށްވުރެ ގިނަ މުވައްޒަފުން ނެގިކަމަށާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ޕީއެންސީން ކުރިމަތިލި ކޮންމެ ކެންޑިޑޭޓަކަށް އެވްރެޖުކޮށް 40 ވަޒީފާ ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ އެއީީ ބުހުތާނު ދޮގު ކަމަށެވެ. އަދި ހިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ދޮގު ޚަބަރު ލިޔަނީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށް ވެސް ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލުމުން ވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރ އަށްވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީން ހާމަކޮށްފައިވާ ހިސާބުތަކުން ހާމަވާނެ ކަމަށެވެ.
ހީނާ މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަރަދު ކުޑަކުރެއްވުމަށް ސިޔާސީ މަގާމުތަކުގައި ތިބި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ނިންމަވައި، އެކަން އަންގަވާފައެވެ.
ރައީސް ވިދާޅުވެފައިވަނީ 7 ސްޓޭޓު މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.
އިހްލާސް
އަސްލު ޓީވީ އަކީ ތިކަމުގެ ލާމަސީލު ބައެއް. ދޮގާއި މަކަރުން ފުރިފައިވާ ބައެއް.
2 months ago