ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ސިޔާސީ ނާޒަރަންގީ އޮތީ ކުރިއަށް: ޑރ. ޖަމީލް

1 week ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސީ ނާޒަރަންގީ އޮތީ ކުރިއަށް ކަމަށާއި އެކަމަށް ގުރުބާން ކުރާނީ ރައްޔިތުންނާ ވިޔަފާރިވެރިން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުއިއްޒަށް ތާއީދު ކުރެވުނީތީ މިއަދު ވިޔަފާރިވެރިން ހިތާމަ ކުރާ ކަމަށެވެ.


މީގެއިތުރުން ތިން ޓެކުހެއް ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމުގެ ނުރުހުން އާންމުންނާ ވިޔަފާރިވެރިން ވެސް ފާޅުކުރަމުން ގެންދަވާތީ، އެކަމަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު ވިދާޅުވީ ދެން ރައީސް މުއިއްޒުގެ ބަހަކަށް ރައްޔިތުން އިތުބާރު ނުކުރާނެ ކަމަށެވެ. އެއީ އިންތިހާބާ ދިމާކޮށް ވެވަޑައިގަންނަވާ ވައުދަކަށްވީނަމަވެސް ރައްޔިތުން ދެން ބުނާނީ ނޫނެކޭ ކަމުގައި ވިދާޅުވިއެވެ.


ޓެކްސްއާ ގުޅުވާ ރައްޔިތުންނަށް ރައީސް ވާހަކަ ދެއްކެވި ވީޑިއޯއެއް ވެސް ހިއްސާ ކުރައްވާ ޑރ. ޖަމީލު ވަނީ ހިއްސާ ކުރައްވާފައެވެ.




ކިޔުންތެރިންގެ ހިޔާލު