ގައްދޫގައި އަތްތެރިމަސައްކަތްތަކާއި ގުޅޭ ކޯސްތައް ފަށަނީ

1 week ago

އަފްރާހް

މޯލްޑިވިސް ޕޮލިޓެކްނިކްގެ ގދ.ގައްދޫ ކެންޕަސްގައި އަތްތެރި މަސައްކަތްތަކާއި ގުޅޭ ކޯސްތަށް ފެށުމަށް ޕޮލިޓެކްނިކުން ތައްޔާރުވަމުން އަންނަކަމަށް ޕޮލިޓެކްނިކުން ވިދާޅުވެއްޖެއެވެ.


ދާދިފަހުން ގދ. ގައްދޫ އަދި ގއ. ވިލިގިއްޔަށް ޕޮލިޓެކްނިކުން ވަނީ ޒިޔާރަތެއް ކޮށްފައެވެ. މި ޒިޔާރަތުގައި އެރަށްތަކުގެ ކައުންސިލްތަކާއި އ.ތ،މ، ކޮމެޓީތަކުގެ އިތުރުން ޖަމިއްޔާތަކާއި އާންމުންނާއި ބައްދަލު ކުރައްވާ، އެ ރަށްތަކުގެ ކެމްޕަސްތަކުގައި ކުރިޔަށް ގެންދާނެ ކޯސްތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާ، ހިޔާލު ބަދަލު ކުރައްވާފައެވެ.


މި ބައްދަލުވުންތަކުގެ ތެރެއިން އެރަށްތަކުގައި ތިބި ތަފާތު ދާއިރާތަކުގެ ފަންނުވެރިން ދެނެގަނެ އެފަރާތްތަކާއިއެކު މަޝްވަރާކޮސްފައިވެއެވެ.


ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް"ދިވެހިންނަށް ޚާއްސަ" މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމާއި، ކަނޑައަޅާ ރަށްރަށުގައި ދަނާލުތައް ބިނާކޮށް ރަށްރަށުގައި ތިބެގެން އެކިބ ދާއިރާތަކުން މީހުން ބިނާކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. 


އެހެންކަމުން އެކަންކަން ހާސިލްކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު