ނޭޝަނަލް ޓްރޭޑް ޓެސްޓިންގ: މިހާތަނަށް 96 މީހަކު ސަނަދު ހާސިލްކޮށްފި

1 week ago

އަފްރާހް

ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ) ގެ ދަށުން މިހާތަނަށް 96 ހުނަރަވެރިން ސަނަދު ހާސިލްކޮށްފިއެވެ.


ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން އަކީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއްބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއްވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެމީހުންނަށް ހޯދައިދިނުމުގެ ގޮތުން ހަދާ ޓެސްޓެކެވެ.


މީގެއިތުރުން މިއީ މިފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމުގެ ގޮތުން މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދެވޭ އިމްތިހާނެކެވެ.


މި އިމްތިހާނުތައް ދެވޭނީ އެމް.އެން. އެސް.ޑީ.އޭގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތައް ހުރި ދާއިރާތަކަށެވެ. ތަމްރީނުދޭ އެހެން މަރުކަޒުތަކުގެ ޕްރޮގްރާމަކަށް ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ކުރިޔަށް ނުގެންދެވޭނެއެވެ.


ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި "އެންމެންނަށް ވަޒީފާ" ގެ ސިޔާސަތެއް ކަނޑައަޅާ، ރާއްޖޭގެ ވަޒީފާގެ ބާރާޒާރުގައި ދިވެހިންގެ ހިއްސާއިތުރުކޮސް، ކުރިމަގުގައި ބިދޭސީންނަށް ބަރޯސާވުންކުޑަކޮށް، ދިވެހި ޒުވާނުންގެ ހުނަރު އިތުރުކޮށް ވަޒީފާތަކަށް ނެރުމަކީ މިސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. 

އެހެންކަމުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ)ގެ އެހީގައި ހުނަރުވެރިނަށް އިތުރު ހަރުފަތަކަށް ދިުމުގެ މަގު މިވަނީ ފަހިވެފައެވެ


ކިޔުންތެރިންގެ ހިޔާލު