މިއަދުގެ ކުޑަކުދިން ރައީސް ޑރ. މުއިއްޒުއަށް މާދަމާ މުޚާތަބުކުރާނީ ބޮޑުތަކުރުފާނުގެ ނަމުން: ފަލާހު

6 days ago

ހަންނާން

މިއަދު އުމުރުން ފަސް އަހަރުގެ ތުއްތު ކުދިން ބޮޑެތިވެ، އުމުރުން 15 އަހަރު ވުމުން އެކުދިންގެ މައިންބަފައިންގެ ގާތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވާހަދައްކާނޭ ކަަމަށާއި، އެކުދިން މުސްތަގުބަލުގައި ރައީސް ޑރ. މުއިއްޒުއަށް މުޚާތަބުކުރާނީ ބޮޑުތަކުރުފާނުގެ ނަމުންކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.


"މިއަދުގެ އުމުރުން 15 އަހަރުގެ ބޭފުޅުން އުމުރުން 25 އަހަރުވީމާ ކިޔައިދޭނެ. އެއްޒަމާނެއްގަ ރައީސް މުއިއްޒު ނަމަކަށް ކިޔާ ބޭފުލަކު އުޅުނޭ. އެދުވަހު އެބޭފުޅުން ކިޔައިދޭނެ އެރައީސް ގައުމުގެ ރައީސްކަމާއި ހަވާލުވިއިރު ގައުމު އޮތް ހާލަތާ އެ ރައީސް ފައިބައިވަޑައިގެންނެވުމުން އެ ރައީސް މި ގައުމަށް ކޮށްދެއްވި ޚިދުމަތާ. ގެނެސްދެއްވި ތަހުޒީބާ. ރައްޔިތުންނަށް ކޮށްދެއްވި އާދަޔާއި ޚިލާފު ކަންތައް ތަކުގެ ވާހަކަ ކިޔައިދެއްވާނެ." ފަލާހު ވިދާޅުވިއެވެ.


މީގެއިތުރުން ފަލާހު ވިދާޅުވީ މިއަދު ނުވިހާ ކުދިން، މާދަމާ ވިހައިގެން ބޮޑުވެ، އުމުރުން 10 އަހަރު ވުމުން، އެކުދިން އެކުދިންގެ މައިންބަފައިންނަށް ނުވަތަ ރައްޓެހިންނަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވާހަކަ ކިޔައިދޭނޭކަމަށެވެ.


އިތުރަށް ފަލާހު ވިދާޅުވީ ރައީސް އެ ކުރައްވާ މަސައްކަތަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ބަނޑއިދޫ

މިއަދުގެ ކުޑަކުދީންނެއް މާދަމަ ނުވަތަ ބޮޑުވީމާ ބޮޑުތަކުރުފާނެކޭ ނުކިއާނެ މިހާރުވެސް ކުޑަކުދީން ބުަނީ ވެރިކަން ބަދަލުކުރާށޭ.

5 days ago

ޒާހިރު

ރައިސް ޖުމުހޫރިއްޔާ..ޑ..ރ..މުހައްމަދުމުއީޒުއަށް.ފަލާހުތިހާވަރަކައްތިއަ...ހުސާމަތުކުރައްވަނީ..ރައިސްމުއީޒުކުރައްވާބުރަމަސެއްކަތްކިހާވަރަކައްދިރާސާކުރުމައްފަހުތޯއޭ..ފަލާހުނިކައްވިސްނާފިކުރުކޮއްބަލަ..ޑ..ރ..މުހައްމަދުމުއީޒުވެރިކަމައްެއާދެވުނީ..ރައިސްޔާމީނުގެގޮޑިކޮޅާފުޓޯފުޅު...ކުރާޖަލްސާތަކުގަ..މުއީޒުގެކުރިފުޅުމަބަހައްޓާވާގެެއްރަސްޔާމީނައްސަޕޯޓުކުރާ.ރާއްޖޭގެރަތްޔިތުއްގެތާއީދުލިބިގެއްނަމަވެސް..އާހިރުގެ.ނަތީޖާވެގެއްދިއަކިހިނެއްތޯ..ރައިސްޔާމީނުދައްނަމިހަކައްވެސް.ރައިސްމުއީޒުއަކައްނޭގުނު..މާއްﷲއިރާދަކުރެއްވިއްޔާދެވަނަފަހަރަތްރާއްޖޭގެވެރިކައް.ރައިސްމުއީޒުއަށްއިރާދަނުކުރައްވާށި......ޔާﷲޔާﷲ...އާމީން

5 days ago