ސަރުކާރުން ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ ތިން ރަށް ކަނޑައަޅައިފި

4 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދު ސަރުކާރުން ގައުމީ ފެންވަރުގައި ފާހަގަކުރާ ތިން ރަށް ކަނޑައަޅައިފިއެވެ.


މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން އިއުލާނު ކުރައްވާފައިވާގޮތުގައި އެ ތިން ރަށަކީ ރ. އުނގޫފާރު، ދ. ކުޑަހުވަދު އަދި ގއ. ވިލިނގިއްޔެވެ.


ގައުމީ ފެންވަރުގައި މިއަހަރުގެ އަޟްހާ އީދު ނުވަތަ ބޮޑުއީދު ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވައިލައި، އޭޕްރިލް 25 ވަނަ ދުވަހަށް ސުންގަޑި ހަމަވިއިރު، 26 ރަށަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ.


އެ ވުޒާރާ އިން ވިދާޅުވެފައިވަނީ އުތުރުން ހަތް ރަށަކާއި މެދުރާއްޖެތެރެއިން 10 ރަށަކާއި ދެކުނުން ނުވަ ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އަދި ސުންގަޑި ހަމަވިފަހުން ވެސް ބައެއް ރަށްރަށުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.


އެހެންނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.


މިއަހަރުގެ އަޟްޙާ އީދު ދުވަހަކީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު