ޖުވާކުޅުމަކީ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭކަމެއް

4 days ago

އަފްރާހް

ޖުވާކުޅުމަކީ މާތްރަސްކަލާނގެ ހަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭކަމެއް ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.


"ޖުވާކުޅުމަކީ ޙަރާމް ކަމެއް" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭކަން ވެސް ހަނދާން ކޮށްދީފައެވެ. އަދި ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި އާއިލާ ޚަރާބުވެ، ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވެ، ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވާލަމުން ދާކަމަށް ވެސް ބުނެފައިވެއެވެ.


މީގެއިތުރުން ބައެއް ގައުމުތަކުގައި ވަރަށް ތަފާތު ސިފަސިފައިގައި ޖުވާ ފެތުރިފައިވާކަން ފާހަގަކޮށް އޭގެތެރޭގައި ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާ ހިމެނޭކަން ފާހަގަކޮށްފައި ވެއެވެ. އަދި މިކަމަށްޓަކައި ހާއްސަ ނާދީތަކާއި މަރުކަޒުތައް ގާއިމުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.


ހުތުބާގައި ބުނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން އާންމުވަމުންދާއިރު، ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ވެސް ހިމެނޭ ކަމަށެވެ. އަދި މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު